ވާހަކަ: އާދޭސް (ހަވަނަބައި)

ސިއްތި ދިޔުމުން ޒުލޭޚާ ހަމަޖެހުމުގެ ފުންނޭވާއެއް ލިއެވެ. ދަރިފުޅާ ނިދާށޭ ބުނެ ޒުލޭޚާ އަރޫމާގެ ކޮޓަރިން ބޭރަށް ނިކުތެވެ. މަންމަ ނުކުތުމާއި އެކު އަރޫމާވެސް ކޮޓަރި ތަޅުލީ ނިދިއައިސްފައި ހުރިލެއް ބޮޑުކަމުން ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް ޒުލޭޚާ އޭނާގެ ކޮޓަރިއަށް ވަނަކަސް ހިތްހަމައެއް ނުޖެހެއެވެ. މާދަމާ އިރުއެރުމާއިއެކު ދެން ވެދާނެ ގޮތަކާއި މެދު ވިސްނެނީއެވެ. ސިއްތި އަކީ ފާޑެއްގެ މީހެކެވެ. ކޮންމެފަދަ ވާހަކައެއްވެސް ރަށު ތޭރޭގައި ދައްކަފާނެއެވެ. ސިއްތި ދައްކާ ވާހަކައަކުން އިސްމާއީލާއި ކައިވެނި ނުކުރެވޭ ގޮތް […]