މުސްތަފާ: އުފެދުމުގައި އެހެންމީހުންނާއި ތަފާތުވިނަމަވެސް ފަރުވާލެއްނެތް!

ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވަނީ އެކި ގޮތެވެ. ފަސްއިނގިލި އެއްވަރު ނުވާނޭ ބުނާ ބީދައިން ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. މިޒާޖުގެ ގޮތުން ނުވަތަ މާތް ﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާ ގޮތުގައިވެސް ތަފާތު ހުރެއެވެ. ނަމަވެސް ދުނިޔޭގައާއި އާޚިރަތުގައި ކުރިއެރުން ލިބޭނީ އެ ހުރި ތަފާތުތަކަށް ވިސްނުމެއްނެތި ހިތްވަރާއެކު ކުރިއަށްދާ މީހުންނަށެވެ. މިފަދަ މީހުން ކާބިޔާބީއަށް ވާސިލްވުމަށާއި ކުރިއަށްދިއުމުގެ ހިތްވަރުހޯދުމަށް މުޖުތަމައުގެ އެންމެހާ ފަރުދުންގެ އެހީތެރިކަން ބޭނުންވެއެވެ. ދިވެހި މުޖުތަމައުގައިވެސް ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ނުވަތަ […]