ވީޑިއޯ: ސަލްޓަންޕާކް ކުޑަކުދިންނަށް އުފާވެރި މާހައުލެއް
ސަލްޓަން ޕާކަކީ މާލޭގައި ހުންނަ އެންމެ ގިނަ ދުވަސްވީ އަދި ގިނަ އަދަދަކަށް މީހުން ޒިޔާރަތްކޮށް އުޅޭ ޕާކެކެވެ. މި ޕާކުގައި ހައްދާފައިހުރި ބިޔަ ބޮޑެތި ގަސްތަކުން މުޅިތަން ހިޔާވެފައި އޮންނައިރު ކުޑަކުދިންނަށް މި ޕާކު އެންމެ ކަމުދަނީ ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައިވާތީއެވެ. މިފަހަރު ޒީޓައިމްސްގެ ވީޑިއޯ ކެޓަގަރީ މި ޚާއްސަ ކޮށްލަނީ މި ހިތްގައިމު ޕާކަށެވެ.