ވާހަކަ: އާދޭސް (ހަތްވަނަބައި)

އަރޫމާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މަންމަ ދައްކާ ވާހަކައަށް އެއްޗެކޭ ބުނުމަށްވުރެ ނުބުނުން މާބުއްދިވެރި ވާނެތީއެވެ. "އަހަރެން މިވަރަށް ވާހަކަދައްކާ އިރުވެސް ކަލޭ ތިހުންނަނީ އަނގައިންވެސް ނުބުނެ. ރަނގަޅު. ކަލޭ އިންނަން ހުރި މީހާ މަރުވީވިއްޔާ" އަރޫމާ އާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާފައި މަންމަ ހިނގައިގަތެވެ. މަންމަ ދިޔަތާ މާ ގިނަ އިރެއް ނުވަނީސް ބޭރުތެރެއިން އަޑުގަދަވާހެން ހީވެގެން އަރޫމާ ބޭރަށް ނިކުތެވެ. ބޭރުގައި މީހަކު ފެންނާކަށް ނެތެވެ. އަދިވެސް ބޭރަށް ނިކުމެ ރަނގަޅަށް […]