ކުޑަކުދިންގެ ހާދިސާ: ބިލިމަގު ސޯސް އާއި ޒުހާ އަދި ޒުބާ

ޒުހާ އާއި ޒުބާ އަކީ އެއްމާބަނޑު ދެބެންނެވެ. އެދެކުދިންގެ މަންމައަކީ ސ. މަރަދޫމީހެކެވެ. އެއްފަހަރަކު ބޮޑު ޗުއްޓީގައި ޒުހާއާއި ޒުބާ ދެކުދިންގެ މަންމައާއިއެކު މަރަދުއަށް ދިޔައެވެ. އެކުދިންގެ މާމަމެންގޭގައި ބޮޑުސިންގާ 3 ބިލިމަގު ގަސް ހުރެއެވެ. ބިލިމަގު އަޅާ ގަސްތައް އޮންނަނީ ބަރާވެފައެވެ. ގަސްދޮށަށްވެސް ބައިވަރު ބިލިމަގުތައް ފައިބާފައި ހުރެއެވެ. އެއްދުވަހަކު ހެނދުނު އެކުދިން ކުޅެން ބިލިމަގު ގަސްދޮށަށް ވަދެ ބިލިމަގު ބިންނަން ފެށިތަނާ އެތަނުން ބިލިމަގެއް ވަރަށް ދެރަވެފައި އެކުދިންނަށް ބުންޏެވެ. ބިލިމަގު: ކޮއްކޮމެންނޭ ބިލިމަގު […]