މައުލޫމާތު: ކުދިހިތި
ކުދިހިތި ގަހަކީ 20-28 އިންޗީގެ ދިގުމިނަށް ރަށްރަށުގެ ހޭޅިފަށުގައި އާންމުކޮށް ހެދޭ ގަހެކެވެ. މިއީ ގަސްގަނޑު ފެހިކުލާގައި އޮމާންކޮށް ހުންނަ ގަހެކެވެ. މިގަހުގެ މުލަކީ ވަރަށް ވަރުގަދައަށް ބިމަށް ހިފާފައި ހުންނަ ހަރުމުލެކެވެ. ފެހިކުލައިގެ ކުދިކުދި ފަތްތަކެއް ދެފަޅިއަށްވާގޮތަށް ހުންނަ ފެހިކުލައިގެ ކުދިމާތައް އަޅާ މިގަހުގެ މާތަށް ފޮޅުމުން ހުންނަނީ ރީނދޫ ކުލައިގައެވެ. އަދި ފަތްތަކުގެ ތިރިއަށްވާގޮތަށް ކުދިކުދި އޮށް ހުރެއެވެ. މިގަހުގެ އުމުރަކީ އާންމުކޮށް 1 އަހަރު ދުވަހެވެ. ސިއްޙީ ބައެއް ފައިދާ ކުޑަކަމުދާ ނިޒާމުގައި […]