ވާހަކަ: އާދޭސް (އަށްވަނަބައި)

އެމީހުން ބާރަކަށް އައިސް ޒުލޭޚާ އާއި އިސްމާއީލްގެ ގާތަށް ހުއްޓުނެވެ. އަދި ވަރަށް ރަނގަޅަށް ދެމީހުންނަށް ވަކި ވަކިން ބަލައިލިއެވެ. "މިތިބީ އެމީހުން. އަހަންނަށް ބައިވަރު ލާރި ދޭންވެސް މީނަ ބުނި" ޒުލޭޚާއަށް އިޝާރާތް ކޮށް ސިއްތި ބުނެލިއެވެ. ސިއްތި އާއި ކުރިމަތިލާން ޒުލޭޚާ އޭނަގެ ގާތަށް ހިނގައިގަތެވެ. ސިއްތިވެސް ހުރީ އެމީހުންނާއި ކުރިމަތިލާން ތައްޔާރުވެގެންނެވެ. އެތިން އަންހެނުންގެ މެދަށް ވަންނަން ބޭނުން ނުވާތީ އިސްމާއީލް އެއްވެސް އެއްޗެއް ނުބުނެ މަޑުކޮއްލައިގެން ހުއްޓެވެ. އިސްމާއީލް ބޭނުންވީ އެމީހުން […]