ފަހި ދިރިއުޅުމަކަށް ދިރިއުޅުމުގެ ހާލަތު ބަދަލުކުރުން

ދިރިއުޅުމުގެ ހާލަތާއި ކަންތައްތަކާއި ވައްޓަފާޅި އަދި ނިންމާ ނިންމުންތައް އަހަރެމެން ތަފާތު ގޮތްގޮތައް އަމުނާ ކިރާ މިނާ ހަދަމެވެ. ކަންމިހެން އޮތްއިރު ވިސްނާލަންޖެހޭ ހަޤީޤަތަކީ ދިރިއުޅުމުގެ ހާލަތަކީ ތިމާ އަމިއްލައަށް ބަަދަލުކުރަން މަސައްކަތް ކުރުމުން ބަދަލުވާ އަދި ކާމިޔާބުވާ ކަމެއްކަމެވެ. ފެށުނީއްސުރެ އަހަރެމެންނަށް އަބަދުވެސް އިވޭ އަޑުތަކަކީ ދިރިއުޅުމުގެ ކަންކަން ގޯސްވީ ނުވަތަ ބޭނުން ނުވާ ގޮތަކަށް ދިމާވީ މިވެނި އެވެނި ކަމަކާ އަޅުވާ ނުވަތަ އެއީ އަހަރެންނަށް ވީތީ ވީގޮތްކަމަށް ނިންމައިގެން ތިބޭ ވާހަކައެވެ. ސްޓްރެސް، […]