ކުޑަކުދިންގެ ހާދިސާ: މިޝީ އާއި ކޮކާ

މިޝީގެ އަސްލު ނަމަކީ މިޝްކާ އެވެ. މިޝްކާ އަށް އެންމެންވެސް ލޯބިން ކިޔަނީ މިޝީއެވެ. މިޝީގެ ކާފައަކީ ވަރަށް ގަސް ހައްދާހިތްވާ މީހެކެވެ. އެހެންވެ ތަފާތު ވައްތަރުތަކުގެ މާގަސްތަކުގެ އިތުރުން ތަފާތު ވައްތަރުތަކުގެ މޭވާ ގަސްތައްވެސް އެގޭގެ ޓެރަސްގައި ހައްދާފައިހުރެއެވެ. މިޝީ ކޮންމެ ދުވަހަކު ހެނދުނު މިޝީގެ މަންމައާއި އެކު ޓެރަސް އަށް ދެއެވެ. ވަރަށް ގިނަ ދުވަސް ދުވަހު މިޝީ ގަސްތަކުން މާތައް ބިނދެ ކުޅެހަދައެވެ. އަދި އެބަގީޗާ އަށް އަންނަ ކުދި ކޮކާތަކާއި އެއްކޮށް […]