ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ދެކެ ލޯބި ނުވެވުނު ފިރިމީހާ އާއި ޢުމަރުގެފާނު

ސަލާމްލެއްވި އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރި މެހްމާނަކަށް ކަންތައް ކުރެއްވި ގޮތާމެދު ﷲ ގެ ޢިތާބު އެކަލޭގެފާނަށް ރައްދުވިއެވެ. އެއީ އެކަލޭގެފާނުގެ މެހްމާންދާރީ އެ މީހާއަށް ނުލިބުނީ އޭނާ މާތް ﷲ އަށް އީމާންވުމަށް އިންކާރުކުރުމުގެ ސަބަބުންކަމުގައި ވުމުންނެވެ. އިބްރާހީމްގެފާނަށް ވަޙީކުރެއްވުނެވެ. ކަލޭގެފާނުގެ މެހްމާންދާރީކަމުގެ ދަށުގައި އެންމެ ރެއެއް ހޭދަކޮށްލުމުގެ ބަދަލުގައި ކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކުރި މީހާގެ ދީން ބަދަލުކުރުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ތޯއެވެ؟ ތިމަންކަލާނގެ ސާޅީސް އަހަރުވަންދެން އޭނާއަށް ރިޒުޤު ދެއްވީމެވެ. ތިމަން ކަލާނގެއަށް އީމާންނުވާ […]