އެކްސިޑެންޓްގައި ސިކުނޑިން ބައެއް ހަލާކުވެ ފަރުވާދޭތާ 5 މަސް، އެދެނީ އެހީއަށް!

ދިވެހިރާއްޖޭގައި ވެސް އެކްސިޑެންޓްތައް ހިނގާ އެކަމުގެ ވޭން މުޅި އުމުރަށް އުފުލަން ޖެހިފައިވާ މީހުން އެބަތިއްބެވެ. ގަވާއިދާއި ޚިލާފަށް ދުއްވާ މީހުންގެ ސަބަބުން، ގަވާއިދާއި އެއްގޮތަށް ދުއްވާ މީހުންނަށް ބޮޑެތި އަނިޔާ ލިބެމުންދާ ފަހަރުތައް ދަނީ އިތުރުވަމުންނެވެ. މިއީވެސް އެފަދަ ހިތްދަތި ހާދިސާ އެކެވެ. މިއަހަރުގެ ފެބުރުއަރީމަހުގެ 14 ވަނަ ދުވަހަކީ ލ. ކުނަހަންދޫ ގުލޭނޫރަންމާގެ އަލީ ރިޔާޟް (35އ) ގެ ދިރިއުޅުން އެފުށް މިފުށަށް ޖެހި މުޅިމީހާ އަށް އުމުރަށް ހިތާމަކުރަންޖެހޭ ފަދަ ބޮޑެތި ގެއްލުންތަކެއް […]