ބީޓްރޫޓް ޖޫހުން ލިބިދޭ ފައިދާ
ބީޓްރޫޓަކީ ތަރުކާރީއެއް ގޮތަށް ކެއުމުގައި ހިމަނާ އެއްޗެކެވެ. ބީޓްރޫޓުގެ ކުލައަކީ ވަރަށް ގަދަ ރަތްކުލައެކެވެ. މަށާލާއިރު އަތުގައިވެސް ކުލަ ހޭކެއެވެ. ކާން ގެންގުޅޭ ތަށީގައިވެސް ކުލަ ހިފައެވެ. ބީޓްރޫޓަކީ ކެއުމުގައި ވަރަށް ގިނަ މީހުން ބޭނުންކުރާ ވަރަށް މީރު އެއްޗެކެވެ. ބީޓްރޫޓް ހިކިކޮށް ކައްކައިގެންނާއި ފެނުކައްކައިގެން އަދި ބަތް ހަދާއިރު އޭގެތެރެއަށް އަޅައިގެންވެސް ކައި އުޅެއެވެ. އާއްމުގޮތެއްގައި ކައި އުޅެނީ ބަތާއެކު ނުވަތަ ރޮއްޓާއެކު ނަމަވެސް ބީޓް ރޫޓުގައި ޖޫސް ގިރައިގެންވެސް ބޮއެވެ. މޭވާއަކަށް ނުވިކަމުގައިވިޔަސް ބީޓްރޫޓު […]