ދަރީން ރަނގަޅު ގޮތުގައި ބޮޑު ކުރެވިއްޖެނަމަ އެކުދިންގެ ހެޔޮ ދުޢާގެ މަންފާ އަހަރެމެންނަށް ކުރާނެ- ޚުޠުބާ

އިސްލާމް ދީނަކީ ޢިލްމުގެ ދީނެވެ. އިސްލާމީ ރިސާލަތު ފެށުނީ ކިޔެވުމަށް ކުރެއްވި އަމުރުފުޅުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމު ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ، އެންމެ ދީލަތި ވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ގަލަމުން (ލިޔަން) އުނގަންނައި ދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، […]