ބޮލުން ހަންފޮޅޭތީ ގޭގައި ދެވިދާނެ ފަރުވާ

ބޮލުން ހަންފޮޅުމަކީ ވަރަށް އާއްމުކަމެކެވެ. މިކަމަކީ ވަރަށް ގިނަ މީހުން ކަންބޮޑުވާ ކަމެއްވެސްމެއެވެ. ހަންފޮޅުމުގެ ސަބަބުން ބޯހިރުވާގޮތްވެއެވެ. މިހެން ދިމާވަނީ ބޮލުގެ ހަންގަނޑު ހިކުމުގެ ސަބަބުންނެވެ. ފިނިތަނެއްގައި އުޅޭނަމަ މިހެން ދިމާވާލެއް އަވަސްވެދާނެއެވެ. އެހެންނަމަވެސް އެކި މީހުންގެ ހަންގަނޑު ތަފާތުވެފައި މިކަން ދިމާވުމުގައި ތަފާތު މައްސަލައެއްވެސް ހުރެދާނެއެވެ. އެކި ކަހަލަ ޝޭމްޕޫތައް ބޭނުންކޮށްގެންވެސް މިކަމަށް ހައްލު ނުލިބި އެބަހުއްޓެވެ. ތިރީގައި މިވަނީ ގޭގައި އަމިއްލައަށް ދެވިދާނެ ފަރުވާތަކެކެވެ. ހިތިފަތުގައި ފެނުކައްކައިގެން އެފެނުން ބޯ ރަނގަޅަށް ދޮވެލާށެވެ. ހިތިފަތް […]