ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، ޢުމުރު ދިގުވެ ރިޒްޤު ތަނަވަސްވެ، ނުބައި މަރަކުން މަރުވެދިޔުމާ ދުރުހެލި ވާނޭކަމެއް- ޚުޠުބާ

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ގާތްތިމާގެ މީހުންނަށް އިޙްސާންތެރިވުމެވެ. އެމީހުންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު ބަލައި އެމީހުންނަށް ހެޔޮ ފޯރުވުމެވެ. އެމީހުންނަށް ޒިޔާރަތްކުރެވެން ނެތް ހާލަތެއްގައި ފޯނުން ގުޅައި، ހާލުއަހުވާލު ބަލައި މުނާސަބަތުތަކުގައި ތަހުނިޔާ ބަދަލުކުރެވިދާނެއެވެ. ބައެއް މީހުންނަށް އެމީހުންގެ ގާތްތިމާގެ މީހުންނާއި، ރަހިމުގެ ގޮތުން ގުޅިފައިވާ މީހުންނަކީ ކޮބައިކަން ނޭނގި ދާނެއެވެ. ބައެއް މީހުންނަށް އެއީ ކޮންބައެއްކަން އެނގުނުކަމުގައި ވިޔަސް، އެ މީހުންނަށް ޒިޔާރަތްކުރުމާއި، ބަލިވުމުން ގޮވައިލަންދިޔުން، އެ މީހުންގެ ދަރިންނަށް މަނާ ކުރެއެވެ. މިއީ މައިންބަފައިން […]