ޚުޒައިމަތު ބިން ޘާބިތުގެ ހެކިބަހާއި ޤުރުއާނުގެ މުޢުޖިޒާ

ޤުރުއާން ބާވައިލެއްވެމުން ދިޔަ ދުވަސްވަރު، ޤުރުއާނުގެ މޫރިތި އާޔަތްތަކުގައިވާ ކައުނީ ޙަޤީޤަތްތަކުގެ ވާހަކައަށް ކީރިތި ނަބިއްޔާ އިޝާރާތް ކުރެއްވިނަމަ، އޭރު މީސްތަކުންގެ ސިކުނޑިތައް ތަރައްޤީވެފައިވާ މިންވަރަށް ބަލާއިރު، ދީނުގެ އަސާސީ ކަންކަން ދޫކޮށްލައި، ކައުނުގެ ސިއްރުތަކާމެދު ބޭނުމެއްނެތް ޖަދަލަކާ ކުރިމަތިލައިފާނެއެވެ. އެއީ އޭރު މީސްތަކުން ތިބީ އެފަދަކަމެއް އެމީހުންގެ ސިކުނޑިތަކުން ވިސްނައި ފަހުމް ކުރެވޭވަރުގެ ޢިލްމީ ކުރިއެރުމެއްގައެއް ނޫނެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅުގައި ވަނީ ކައުނުގައިވާ ބައެއް ޙަޤީޤަތްތައް ޢިލްމީ ކުރިއެރުމާއެކު ހާމަވެގެން ދިއުމަށެވެ. […]