އުފާވެރި އަމާންރާއްޖެ މެނިފެސްޓޯ: ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުން

ކުރިއަށް ރާވާފައިވާ ކަންކަން: ކޮރަޕްޝަނުން ސަލާމަތްވެފައިވާ ހާމަކަންބޮޑު ދައުލަތް ދައުލަތުން ކުރާ ހޭދަތައް މިހާރަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ކުރެވިގެންދާނެ ގޮތަށް، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިތުރު ބަދަލުތައް ދެނެގަނެ، ދައުލަތުގެ މާލިއްޔަތު ގާނޫނު އިސްލާހުކުރުން ދައުލަތުގެ ހުރިހާ އިދާރާއެއްގައި ޕްރޮކިއުމަންޓާބެހޭ މައުލޫމާތުތައް އާންމުކުރުން ޤާނޫނުން ލާޒިމްކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސީއެސްއާރް އަދި ސްޕޮންސަރޝިޕް ދިނުމުގައި އަމަލުކުރާ އުސޫލުތައް މުރާޖައާކޮށް، މިކަންކަމަށް ކުރާ ހޭދަތައް މާލީ ވުޒާރާގެ އުސޫލުތަކާ އެއްގޮތަށް ހާމަކުރަންޖެހޭ ގޮތަށް […]
ސުންނަތް އަޅުކަންކުރުމުގެ މުހިންމުކަން

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނާއި ޖިންނީން އުފައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ. އެކަން އަންގަވައި މާތްﷲ ވަޙީ ކުރައްވަނީ: وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ " (الذاريات: 56) މާނައީ: "ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންނެއް ނަހައްދަވަމެވެ." އެކަލާނގެއަށް އިޚްލާޞްތެރި ކަމާއެކު އަޅުކަންކުރުންމަތީ ދެމިހުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗައް ވާޖިބުކަމެކެވެ. މިހެންކަމުން އެކަލާނގެ އަޅުތަކުންގެ މައްޗައް ފަރުޟު ކުރައްވާފައިވާ އަޅުކަންތައްތަކުގެ އިތުރުން ސުންނަތް ކަންތައް ގިނަގިނައިން ކުރުންމަތީ ދެމިހުރެވޭތޯ މަސައްކަތް ކުރަންވާނެވެ. […]