އަމިއްލައަށް ހީވާ ހީވުންތަކުން ސިކުނޑިއާއި ވިސްނުން ތަރައްޤީކޮށް ބައްޓަންކުރެވިދާނެ ގޮތްތަކަށް އެހީއެއް

ހީވާހީވުންތަކާއި ޤަބޫލްކުރެވޭ ކުރުންތަކަކީ އިންސާނާގެ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އަދި ވިސްނުން ތަރައްޤީކޮށް ބަދަހި ކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. މިކަމުގެ ސަބަބުން އިންސާނާ މަގުފުރެދި ވިސްނުން ގޯސްވެ ދިރިއުޅުން ވިއްސިވިހާލިވެގެންދެއެވެ. ހަމަމިއާއެކު ނަފްސާނީ ބަލިކަށިކަމެއްގެ ތެރެއަށް މީހާ ޢަރަޤުވެ ސްޓްރެސް، އެންޒައިޓީ އަދި ޑިޕްރެޝަންއަށް ވެއްޓޭ ޙާލަތުވެސް މެދުވެރިވެއެވެ. ހީވާ ހީވުންތަކާއި ޤަބޫލުކުރުންތައް އުފެދޭގޮތް: އާއްމުގޮތެއްގައި އިންސާނާގެ ސިކުނޑީގައި ދައުރުވަމުންދާ ވިސްނުމާއި ފިކުރު އުފެދެނީ ދިރިއުޅޭ މާހައުލާއި ލިބިފައިވާ މަޢުލޫމާތާއި ތަޖްރިބާތަކާއި އަމިއްލައަށް ކުރެވޭ […]