އިސްލާމީ ދައުލަތެއްގެ ވެރިޔަކު ހޮވުމުގައި ސީދާވޯޓާއި ނުސީދާ ވޯޓް

ހިނގަމުން މިދާ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް މީހަކު އިންތިޚާބު ކުރުމަށް ވޯޓު ނެގޭ ދުވަހެވެ. މި ދިވެހިރާއްޖޭގެ މުސްލިމް ދައުލަތުގައި ރައްޔިތުން މި ވޯޓުގައި ބައިވެރިވުމާމެދު ބައެއް މީހުން ސުވާލު އުފައްދަމުން ދާކަން ފާހަގަވެއެވެ. މިކަމަށް ޙަލާލް ޙަރާމް ކަނޑައެޅުމުގެ ކުރިން އިސްލާމީ އުއްމަތަށް ވެރިޔަކު ހޮވުމުގައި ރައްޔިތުންގެ ބައިވެރިވުން އޮންނަގޮތާ ބެހޭ ގޮތުން ޢިލްމުވެރިންގެ ބަހަކީ ކޮބައިތޯ ބަލައިލުން މުހިންމުކަން ބޮޑުކަމުގައި ދެކެމެވެ. އިސްލާމީ ޝަރީޢަތުގައި ވެރިޔަކު ހޮވުމުގެ […]