އައުޝާ: ފިޓުޖެހުމަކަށް ހުއްޓުމެއް ނާދޭ، ނުހިނގޭ، ވާހަކަނުދެއްކޭ، އެދެނީ އެހީއަށް!

މިއީ އާއިލާއަކަށް އުފަންވި ހަމައެކަނި އަންހެން ދަރިފުޅެވެ. އުމުރުން 3 އަހަރުގެ މަރްޔަމް އައުޝާ އަހުމަދު (ކ. މާލެ ދަފްތަރު ނަންބަރު ދރ 3415) އަކީ އުފަންވިއިރު އެއްވެސް މައްސަލައެއް ހުރިކަމަށް ފާހަގަނުވާ ލޯބިލޯބި ކުއްޖެކެވެ. އައުޝާގެ ބައްޕަ އަހްމަދު ނަސީމް އާއި މަންމަ އައިމިނަތު އަފްރާ 'ޒީޓައިމްސް' އަށް މައުލޫމާތު ދިންގޮތުގައި ކޮވިޑުގެ ދުވަސްވަރު 2020 ވަނަ އަހަރު އައުޝާ އުފަންވީ ސިޒޭރިއަން ހަދައިގެންނެވެ. " ވިހޭއިރު އެއްވެސް މައްސަލައެއް ފާހަގަނުވޭ. އެކަމަކު ދެތިން ދުވަސް […]