ކުޑަކުދިންނަށް ކިޔާލަދޭންވީ ހިއްސާ ނުކުރެވޭނެ ބައެއް ތަކެތި

ކުޑަކުދިންނަކީ ނާޒުކު ބަޔަކަށްވާއިރު އެކުދިން ކުރާ ކޮންމެ ކަމަކަށްވެސް ސަމާލުވާންވާނެއެވެ. ޚާއްސަކޮށް އެހެން ކުދިންނާއެކު އުޅޭއިރު އަމިއްލަ ބޭނުމަށް ބޭނުންކުރާ ބައެއް ތަކެތި 'ޝެއާ' ނުވަތަ ހިއްސާ ނުކުރުމަށް ސަމާލުކަންދޭންވާނެއެވެ. ކުޑަކުދިންނަށް ޖަރާސީމު ފެތުރޭލެއް އަވަސްވެފައި އެކުދިން ބަލިވާލެއްވެސް އަވަސްވާނެއެވެ. ބައެއް ކުދިންނަކީ ހިރަފުސްކޮޅެއް ޖެހިލާއިރަށް ރޯގާޖެހޭ ކުދިންނެވެ. އަދި ހަމުގެ މައްސަލަތައް ދިމާވާލެއް ގިނައެވެ. މައިންބަފައިން ކުދިންނަށް ދަސްކޮށްދޭންވީ، ކޮންމެ ކުއްޖެއްގެވެސް އެއްޗެހި ވަކިން ގެންގުޅުމަށެވެ. އެއީ ބައެއް ކަހަލަ އެއްޗިއްސަކީ އެހެން ކުދިންނާ ހިއްސާ […]