ނަދާ: ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމުގައި ނަމޫނާ މިސާލެއް!

އެއީ މީގެ 17 ވަރަކަށް އަހަރު ކުރިއެވެ. ގދ. އަތޮޅު ރަށެއްގެ 5 މެންބަރުންގެ ޢާއިލާއަކަށް އުފަން، ޢާއިލާގެ 2 ވަނަ އަކީ އޭނާގެ ބައްޕަ ގަބޫލުކުރާގޮތުން ހިތްވަރުގަދަ ދަރިއެކެވެ. ބައްޕަގެ ވިޔަފާރި، ހަރުދަނާކަމާއިއެކު ކުރިއެރުވުމުގައި މަސައްކަތްކޮށްދޭނެ ފަންނުވެރި ޒުވާނެކެވެ. އަންހެން ދަރިއެއްނަމަވެސް ކޮންމެކަމެއްވެސް ކުރާނެކަމުގެ ޔަގީންކަން އޮތް ކުއްޖެކެވެ. މިއީ ނަދާ ސަޢީދުގެ ވާހަކައެވެ. ކިޔެވުމަށް ޝައުގުވެރިކަން ހުންނަ، އަދި ސިކުނޑިތަނަވަސް ކުއްޖެކެވެ. ކުޑައިރުވެސް ފޮތާއި ރައްޓެހި ނަދާއަކީ ފޮތްތަކުގައިވާ ކަންކަން ބަލައި، ހޯދާ، ދިރާސާކުރުމަށް […]