ވާހަކަ: އާދޭސް (ފަނަރަވަނަބައި)

އަރޫމާއަށް ހަތަރު އުދަރެސް ފެނުޖެހި ގޮތް ހުސްވިއެވެ. މަންމަ ކުރިމަތީގައި އިސްމާއީލް އެދެއްކީ މޮޅު ފިލްމެކެވެ. ކޮންމެ އިންސާނަކަށްވެސް ގަބޫލު ކުރެވޭހާ މޮޅަށެވެ. އެހުރިހާ ކަމެއްގައި ބެދުނީ އަރޫމާއެވެ. ކުށްވެރިއަކީވެސް ހަމަ އޭނާއެވެ. އަރޫމާ އިތުރަށް ދައްކާނެ ވާހަކަ ހުސްވިއެވެ. އެމީހުންގެ ކުރިމަތީގައި ކުޑަކަކޫ ޖެހުން ނޫން ގޮތެއް ނެތެވެ. އަރޫމާ ހިތްވަރު ކުރިއެވެ. ދެން ކުރިމަތިވެދާނެ ކަންތަކާއި ވިސްނާ އެކަމަށް ތައްޔާރު ވިއެވެ. އަބަދު މިހެން ނޫޅެވޭނެކަން އަރޫމާގެ ހިތް ބުނަމުން ދިޔައެވެ. އެހެން މީހުންގެ […]