ކަނޑިންމާއުޅާގަނޑު ވަރަށް ގިނަވެއްޖެ، މިއީ ވިސްނަންވީ ކަމެއް!

ދިވެހިބަހުގެ ރަދީފު ބަލާލިއިރު ލޮލުގައި އަޅައިގަތް 'ކަނޑިންމާއުޅާގަނޑު' މިބަހުގެ މާނައަކީ އަބަދު އަނގަގަދަކުރާ މީހާއެވެ. މިޒަމާނުގައި މިއީ ވަރަށް އާންމުކަމަކަށް ވެއްޖެއެވެ. ނުބެހޭކަށް ކަމެއް ނޯވެއެވެ. އަނގަގަދަކަމުންގޮސް މީހުންނަށް ފުރައްސާރަކުރުން މިވަނީ އިންތިހާއަށް ގޮސްފައެވެ. ވާހަކަ ދެއްކުމުގައި އަދަބު އަޚުލާގެއްވެސް ނެތީއެވެ. ތިމާ ދުވަހަކު ނުދަންނަ މީހަކަށްވެސް މީހުން ބުންޏޭ ބުންޏޭ ކިޔައިގެން ސޯޝަލްމީޑިއާގައި ވެސް ހިތަށް އެރި އެއްޗެއް ގޮވަނީއެވެ. ދޮގުހެދުން އިންތިހާއަށް އިތުރުވެއްޖެއެވެ. މިނޫން ދުނިޔެއެއް އޮތްކަން ހަނދާނެއްވެސް ނެތެވެ. އެބަޔަކަށް ސިޔާސީގޮތުން ނުވަތަ […]