ޕްލަސް ސައިޒު'ގެ ބިއުޓީ އެމްބަސަޑަރގެ ގޮންޖެހުން'

ކޮންމެ އިންސާނަކަށްވެސް ލިބިފައިވަނީ ތަފާތު ސިފައެކެވެ. މީހާ ރީތި ވަނީ ވަކި ނަސްލަކުން ވަކި ކުލައަކުންނެއް ނޫނެވެ. އަދި މީހާ ރީތި ވަނީ ލޫޅާފަތިކަމާއި އެމީހެއްގެ ހުންނަ ބަނިޔާދަން ކަމަކުންވެސް ނޫނެވެ. އިންސާނާ ރީތިވާ އެތައް ގޮތްތަކެއް ހުރެއެވެ. އެމީހާގެ އުޅުމާއި އެމީހާގެ މިޒާޖަކީ ވެސް މުހިންމު އެއްޗެކެވެ. މީހާގެ ހިތް ސާފުވުމާއި ހިތްހެޔޮކަން ހުރެއްޖެނަމަވެސް އެމީހަކާމެދު ރަނގަޅަށް ދެކޭނެ މީހުން ގިނަވާނެއެވެ. މީހަކު މާބޮޑަށް ފަލަނަމަ އެމީހަކީ މުޖުތަމައުގައި ބާކީ ކޮށްލާނެ މީހެއް ކަމުގައި ނުހަދާށެވެ. […]