އުފާވެރި ބަދަހި ދިރިއުޅުމަކަށް ދިމާވާ ކަންކަމުގެ ހައްލު ހޯދަން މަސައްކަތްކުރުން

ހަޔާތުގެ ދަތުރުނާމާގައި ކޮންމެ މީހަކީވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް ކަހަލަ މައްސަލަތަކެއް ތަހައްމަލު ކުރާނެ ނުވަތަ ކުރަމުން ދާނެ މީހެކެވެ. އެގޮތުން ކޮންމެ ދުވަހަކީވެސް މިފަދަ ތަފާތު އެތައްކަންކަމަކާ ކުރިމަތިލާ ހައްލު ހޯދަން އުޅެންޖެހޭ ދުވަހަކަށް ވަނީ ވެފައެވެ. މިކަމުގެ ސަބަބުން މީހާ މާޔޫސްވެ ހިތްނުތަނަވަސްވެ ނައްސި ވިސްނުން އައިސް ދިރިއުޅުން މަތިން ފޫހި ކުރުވައެވެ. މިހެންވުމުގެ ސަބަބުން މައްސަލަ ހައްލު ކުރަން ވިސްނުން ބައްޓަން ކުރުމުގެ ބަދަލުގައި މައްސަލައިގެ ވަށާޖެހި ވިސްނުން ވިސްނާ ސްޓްރެސް، […]