އަމާން ތަނެއްގެ ގޮތުގައި އޮންނާނީ ފުރައްސާރަ ކުރުމާއި، މަލާމާތްކުރުން ފަދަ ހުތުރު ޢަމަލުތަކާ ދުރުހެލިވެގެން!

އިސްލާމް ދީނަކީ ހުރިހާ ތަނަކަށާއި ހުރިހާ ޒަމާނަކަށް ކަމުދާ ގޮތުގައި ﷲ ސުބުހާނަހޫ ވަތަޢާލާގެ އަޅުންނަށްޓަކައި ފުރިހަމަކުރައްވައި ރުހިވޮޑިގެންފައިވާ ދިރިއުޅުމުގެ ނިޒާމެވެ. މި ނިޒާމުގައި އެންމެ އިސްކަމެއް ދެވިފައިވާ އެއްކަމަކީ، އަމަން އަމާންކަމެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން އަމަން އަމާންކަމާއި، ހަމަޖެހުމާ ނުލައި ޙަޔާތުގެ އެއްވެސް އުފަލެއް އިހުސާސެއް ނުކުރެވޭނެއެވެ. އެއީ ކެއިން ބުއިމަށްވުރެވެސް މުހިއްމު ކަމެކެވެ. މުޖުތަމައުގެ އަމަން އަމާންކަމާއި ހަމަޖެހުމަކީ މާތްވެގެންވާ އިސްލާމްދީނުގައި، ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމެކެވެ. […]