ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގައި ބުނަނީ ކީކޭ؟

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ޑރ. މުހައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުގައި ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ބައްދަލު ކުރައްވައިފައެވެ. ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ. […]