ފެން ރައްކާތެރި ކުރެވިދާނެ ގޮތްތަކާމެދު ވިސްނާލުން މުހިންމު

ފެން ރައްކާތެރި ކުރުމަކީ މުހިންމު ކަމެއްކަން އެންމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް މިކަމާމެދު ވިސްނާނުލާ މީހުންވެސް އުޅެއެވެ. ސާފު ބޯފެން ނުލިބޭ ބަޔަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެއެވެ. އަހަރެމެންގެ މިގައުމުގައި ސާފު ބޯފެން ނުލިބޭ މީހަކު ނެތޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. ފެނުގެ ދަތިކަން އައިސްފިނަމަ ދެން ދިމާވާނެ ކަންކަމަށް ވިސްނާލުންވެސް ރަނގަޅެވެ. ފެން ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް އިސްރާފުވާ މިންވަރަށް ބޭނުންނުކުރުމަށް ވިސްނާލަމާ ހިނގާށެވެ. މާގިނައިން ފެން ބޭނުންކުރާނަމަ ފެންބިލް ބޮޑުވެދާނެތީ ވިސްނާ ބަޔަކުވެސް އުޅެއެވެ. […]