ކުރުވާހަކަ: އެނބުރި އަންނާނަމޭ

ވެހެމުން ދިޔަ ވާރޭ ހުއްޓާލާކަށް ނޫޅެއެވެ. ޖެހެމުންދިޔަ ވައިރޯޅިތައްވެސް ހީވަނީ ބިންމަތީގައި ހުރި ގަސްތައް އުފުރާލަފާނެހެންނެވެ. މަގުމަތި ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެއްވެސް ހިސާބަކުން މީހަކު ފެންނާކަށް ނެތެވެ. މަގުގެ ދެފަރާތުގައި ހެދިފައި ހުރި ގަސްތައްވެސް ހީވަނީ ވާރެއިން ރައްކާތެރި ވާން އުޅޭހެންނެވެ. މަގުމަތީގައި ހަރުކޮއްފައި ހުރި ލައިޓުން ލިބެމުންދާ އަލިކަމެއް ފިޔަވާ އެހެން އަލިކަމެއް ފެންނާކަށް ނެތެވެ. އަހަރެން މަޑުކޮއްލައިގެން ހުރީ ރަށުގެ މެދުތެރޭގައި ހުރި ގެއެއްގެ އަސްކަނި ދަށުގައެވެ. އޮފީހުގެ މަސައްކަތް ނިމުނީ ވަރަށް […]