ފޮޓޯ: ދިވެހިން ފަލަސްޠީނާއެކު ތިބިކަން ސާބިތުކޮށްދީފި

"އަހަރުމެން ފަލަސްޠީނާއެކު" މި ނަމުގައި ބޮޑު އެއްވުމެއް ރާއްޖޭގެ އެކި ރަށްރަށުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެއްވުމުގައި ބައިވެރިވެ ދިވެހިން ތިބީ ފަލަސްޠީނާއެކުކަން ގިނަ އަދަދެއްގެ ދިވެހިން މިވަނީ ސާބިތުކޮށްދީފައެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެކި އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ. ތިރީގައި މިވަނީ ފަރެސްމާތޮޑާގައި ކުރިއަށްގެންދިޔަ އެއްވުމުގެ ފޮޓޯއެވެ. ފޮޓޯ ނަގާފައިވަނީ 'ސަމް ބަޝީރު' އެވެ.
މަސްޖިދުލް އަޤްސާއާއި ފަލަސްޠީނުގެ މުޤައްދަސް ބިންތައް މިނިވަން ކުރުމަށް ތެދުވުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވައިފި

ފަލަސްޠީނުގެ ބިމަކީ އެތައް ގޮތަކުން މުސްލިމުންނާ ގުޅި ލާމެހިފައިވާ ބިމެކެވެ. އެއީ ﷲ ތަޢާލާ ބަރަކާތް ލައްވައި މާތްކުރައްވާފައިވާ ބިމެކެވެ. އެންމެ ގިނަ ނަބީބޭކަލުން އެ ބިމެއްގައި އުފަންވެވަޑައިގަތް ބިމެވެ. އެތައް ނަބީބޭކަލުންނެއް ދިރިއުޅުއްވި ބިމެވެ. އެއީ ކީރިތި ރަސޫލާ ﷺ އާއިގެން އެބިމަކަށް އިސްރާ ކުރެވުނު މުޤައްދަސް ބިމެވެ. ކީރިތި ރަސޫލާ ﷺ މަތިވެރިވެގެންވާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވީ އެބިމުގައި މަސްޖިދުލް އަޤްސާއިންނެވެ. މި ދަތުރުފުޅުގައި އެންމެހައި ނަބީ ބޭކަލުންނާއިގެން ކީރިތި ރަސޫލާ ﷺ މަސްޖިދުލް […]