ކޮންފަދަ ހިތްދަތި މަންޒަރެއް! އެ މަންޒަރު ބަލަން ހިތަށް ކުޅަދާނަހެއްޔެވެ؟

އެއީވެސް އަހަރެމެން ފަދަ މުސްލިމުންނެވެ. ތަފާތަކީ އުފަންވީއްސުރެ އެމީހުން އުޅެންޖެހިފައިވާ ހާލަތެވެ. ޔަހޫދީންގެ އަނިޔާވެރިކަމުގެ ދަށުގައި ވޭތުވެދިޔަ 71 އަހަރު ކުށެއްނެތި އުޅެމުންދިޔަ ފަލަސްޠީނުގެ ޣައްޒާގެ 2.3 މިލިއަން ރައްޔިތުން އެކުރާ ޖިހާދަށް އައްސަރިބަހާއި ސާބަހެވެ. އާއިލާގެ އެތައްބަޔަކު ޝަހީދުވެ ވަންނާނެ ގެދޮރެއް ނެތި މަގުމަތިވިއަސް އެމީހުންގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ޔަހޫދީންނާއި ދެކޮޅަށް ސާބިތުވެ ތިބުމަށް ތިބީ އަޒުމް ކަޑައަޅައިގެންނެވެ. ފަލަސްޠީނުގެ ބިމުގެ 90 އިންސައްތަ ގަދަކަމުން އަތުލައިގެން އުޅޭ ޔަހޫދީންގެ ކިބައިން ފަލަސްޠީން މިނިވަން ކުރުމަށްޓަކައި […]
ކުރުވާހަކަ: ހުންނަންތަވީ އުމުރަށް މިހެން

އަބަދު އިވެނީ ރީތި އަންހެން ކުދިންގެ ވާހަކައެވެ. އަބަދުވެސް އެނޫން ވާހަކައެއް އަޑެއް ނީވެއެވެ. ސްކޫލުގެ ތެރެއިން ވެސް ފެންނަނީ އެމަންޒަރެވެ. މަދު ކުއްޖަކު ނޫނިއްޔާ ހުސްކޮށް ހުންނަ ކުއްޖަކު ނުހުރެއެވެ. އަހަރެންނަށް ވެސް ވަރަށް ގިނަ ހުށަހެޅުންތައް ލިބުނެވެ. ނަމަވެސް އަހަރެން ގަޔާވާ ކުއްޖަކާއި ދިމާނުވަނީއެވެ. ބައެއް މީހުން ދެކޭ ގޮތުގައި އަހަރެންގެ ޒާތްކޮޅު ބޮޑީއެވެ. ތެދަކަށްވެސް ވެދާނެއެވެ. އަހަރެންނަކީ ކޮންމެ ކޮންމެ ކަހަލަ ކަމެއް ރަނގަޅު ރީތިވާ މީހެއް ނޫނެވެ. އަންހެންކުއްޖެއް ވިއްޔާވެސް ވަކި […]