ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތް

ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތޭ ބުނުމުން، ގިނަ މީހުންނަށް ހީފުޅުވެލައްވަނީ އެއީ، ހަމައެކަނި ސުންނަތް ކަންތައްތަކެވެ. އެއީ ކުރުމާއި ނުކުރުމަށް އިޚްތިޔާރު ލިބިފައިވާ ކަންތައްތައްކަމަށެވެ. ވީމާ ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތޭ ބުނުމުން އެއީ، ހަމައެކަނި އެކަލޭގެފާނުން އުޅުއްވި ގޮތްކޮޅުކަމަށް ހީކުރައްވާ ބޭފުޅުން މަދެއްނޫނެވެ. އެކަލޭގެފާނުން އުޅުއްވި ގޮތްކޮޅަކީވެސް ސުންނަތެވެ. ހަމައެހެންމެ އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ބަޔާންކުރައްވާފައިވާ ދެވަނަ މަޞްދަރަކީވެސް ސުންނަތެވެ. އިސްލާމީ ޝަރީޢަތުގައި ސުންނަތަކީ ކޮބައިކަން އެނގުމަކީ […]