ހާލުގައިޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން 5 ލައްކަ ރުފިޔާ ހަދިޔާކުރުން

އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައިޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި، ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން 500،000.00 (ފަސްލައްކަ ރުފިޔާ) ވަނީ "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" ހަދިޔާ ކޮށްފައެވެ. މި ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްފައިވަނީ މިއަދު ސްޓެލްކޯ ބޯޑު ރޯމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސްޓެލްކޯގެ ފަރާތުން މި ފައިސާގެ އެހީގެ ޗެކް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އެވެ. އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ […]
ކުރުނބާފެނުން ލިބިދޭ ފައިދާ

ކުރުނބާފެނަކީ ގިނަ މީހުން ގަޔާވާ މީރު ބުއިމެކެވެ. ކަރުހިއްކުން ފިލުވާލުމަށްވެސް އެއްވަނައިގެ ބުއިމެކެވެ. ކުރުނބާ އަކީ ފަސޭހައިން ރާއްޖޭގައި ލިބެން ހުންނަ އެއްޗެކެވެ. ކުރުނބާފަނި ތައްޔާރުކުރާއިރުވެސް އެއަށް ހަކުރު ނައަޅައި ބޭނުންކުރުމުން ފައިދާ ބޮޑެވެ. ކުރުނބާފެނަކީ މިނަރަލްސްގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވާ ބުއިމެކެވެ. އަދި މިއީ ހުންއައިސް ބަލިވެ އުޅޭނަމަވެސް ބޭނުންކުރަން ވަރަށް ރަނގަޅު ފެނެކެވެ. ޑޮކްޓަރުންވެސް ލަފާދޭ ބުއިމެއްގެ ގޮތުގައި ކުރުނބާފެން ހިމެނެއެވެ. ޕޮޓޭސިއަމްގެ މާއްދާ އެކުލެވިގެންވޭ މިއީ ޕޮޓޭސިއަމް އަދި ސޯޑިއަމްގެ މާއްދާ […]