ފަލަސްޠީނުން ފެންނަ އަނިޔާވެރި މަންޒަރުތަކުން ކަންބޮޑުވެ ހާސްވާގޮތްވާނަމަ ކަންތައް ކުރެވިދާނެގޮތް!

އިސްރާއީލުގެ އަސްކަރިއްޔާ އިން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން މި އޮކްޓޯބަރުމަހު އެކަނިވެސް ވަނީ 5000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. މީގެތެރޭގައި 2000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު، ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަމުން ދަނީ ޝަހީދުވެފައިވާ މީހުންނާއި ޒަޚަމްވެފައިވާ މީހުންގެ ވީޑިއޯތަކެވެ. ލޯބިލޯބި ތުއްތުކުދިންނާއި މީހުންނަށް ބޮޑެތި އަނިޔާތައް ލިބި ޝަހީދުވެފައިވާ މަންޒަރު ފެނުމުން ހިތަށް ކުރަނީ ފުން އަސަރުތަކެކެވެ. އެމަންޒަރު ބަލާލަން ހިތަށް ކުޅަދާނަ ނުވިއަސް […]