ނޭނގިހުރެ އަތުގައި ހުންނަ ފައިސާ ހުސްވެގެންދާ ސަބަބުތައް

ފައިސާއަކީ ކިހާ މުހިންމު އެއްޗެއްކަން އެންމެ ބޮޑަށް އިހްސާސްވާނީ ބުރަ މަސައްކަތުން އެ ފައިސާ ހޯދާ މީހުންނަށެވެ. ފައިސާ ހޯދުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ދިރިއުޅުމުގެ އެކި ބޭނުންތައް ފުއްދުމަށެވެ. ފައިސާ މާގިނައިން ލިބެން ފެށުމުން އެކަމާ ބޮޑާވާ މީހުންވެސް އުޅެއެވެ. މުއްސަނދިކަމަކީ އެކި މީހުންނަށް އެކި މިންވަރަށް ލިބިގެންދާ އެއްޗެކެވެ. އެކަމާ ބޮޑާނުވެ ޝުކުރުވެރިވެގެން އެކަމުން މުސްތަގުބަލަށް ރަނގަޅު މަންފާއެއް ކުރޭތޯ މަސައްކަތް ކުރަންޖެހެއެވެ. ފައިސާގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ބޭކާރު ޚަރަދުކުރުން މަދުކުރަން […]