އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރިވެ ޖާސޫސް ނުކުރާށެވެ! – ހުކުރު ޚުތުބާ

މުސްލިމުންނަކީ ހިތްތިރި، މުޢާމަލާތު ކުރުން ރިވެތި، މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ލުއިކޮށްދޭ، ސާދާ ބައެކެވެ. އެމީހުންނަކީ މީސްތަކުންނާ ގުޅިގެން އުޅޭ ބައެކެވެ. މީސްތަކުން ދެކެ ލޯބިވާ އަދި މީސްތަކުން އެބަޔަކުދެކެ ލޯބިވާ ބައެކެވެ. މި ސިފަތަކުގެ ވެރި މުއުމިނުންނަށް މާތް ﷲ ނަރަކަ ޙަރާމް ކުރައްވާނެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. މާނައީ: " އޭނާގެ މައްޗަށް ނަރަކަ ޙަރާމް ކުރައްވާފައިވާ މީހަކީ ކާކުކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވަން ހެއްޔެވެ؟" އެބޭކަލުން ދެންނެވިއެވެ. އާދޭހެވެ. އޭ […]
ޒީޓައިމްސް ބަދިގެ: ރޯގާޖެހިގެން އުޅޭއިރު ބޯން ރަނގަޅު ސައި!

މިދުވަސްވަރު ގިނަ މީހުންގެ ޝަކުވާއަކީ ރޯގާޖެހި ރަނގަޅުނުވު ގިނަދުވަސް ހޭދަވުމެވެ. ތިރީގައި މިވަނީ ރޯގާގެ އުދަގޫ ތަހައްމަލު ކުރަމުންދާ މީހުން ބޯން ރަނގަޅު ސައިގެ މައުލޫމާތެވެ. މާމުއިސައި 1 ޖޯޑު ހޫނުފެނުގެ ތެރެއަށް 1 މޭޒުމަތީ ސަމުސާ މާމުއި އަޅާފަ އެއްކޮށްލާށެވެ. މިއީ ކެއްސުމާއި ކަރުތެރެއަށް ރޯގާގެ އުދަގޫވުމުން ބޯން ރަނގަޅު ސަޔެކެވެ. ކަރުތެރޭގެ ރިހުން ކުޑަކޮށްދޭނެއެވެ. މާމުއި އަކީ އެއްވެސް އެއްޗަކަށް ނައަޅާ ބޭނުންކުރުމަށްވެސް ރަނގަޅު ފައިދާހުރި ގުދުރަތީ އެއްޗެކެވެ. ލުނބޯސައި ލުނބޯ އަޅައިގެން ހޫނުފެން […]