ފަލަސްޠީނުގެ ފޮޓޯ: މުއާސަލާތީ ޚިދުމަތް މެދުކެނޑިފައިވާތީ ރޭގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދެއް ނޭނގޭ!

އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ރޭގެ ވަގުތެއްގައި ދިން ހަމަލާތަކުގައި ޝަހީދުވީ ކިތައް މީހުން ކަމެއްވެސް ނޭނގެއެވެ. މުއާސަލާތީ ހިދުމަތް ކެނޑުނުއިރު ހުއްޓާނުލާ ދިޔައީ ބޮން އަޅަމުންނެވެ. މުއާސަލާތީ ހިދުމަތް މެދުކެނޑުމުން ފޯނަކަށް ގުޅޭނެ ގޮތެއް ނެތެވެ. އިންޓަނެޓް ނުލިބެއެވެ. މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިއްޔެއާއި ހަމައަށް ފަލަސްޠީނުގެ 7326 މީހުން ވަނީ ޝަހީދުވެފައެވެ. މިލިއަނެއްހާ މީހުން ވަނީ ހާލުގައިޖެހިފައެވެ. ލޮބުވެތި އަހުންނާއި އުހުތުންނަށް ރައްކާތެރިކަމާއި ނަސްރު ލިބޭތޯ ދުޢާ ކުރުން ނޫން […]
ވާހަކަ: ލޭތިކި (ދެވަނަބައި)

ޝަރުވާން ރަނގަޅު ކުއްޖަކަށް ހެދުމަށް މަންމަ ނުވާ ގުރުބާނެއް ނެތެވެ. މަންމަ ހިތްވަރު ދޫކޮށްނުލައި މަސައްކަތް ކުރިއެވެ. އެކަމުގެ ނަތީޖާ ވަރަށް ފޮންޏެވެ. މަންމަ ބޭނުންވީ ޝަރުވާނަކީވެސް އޭނަގެ ބައްޕަ ކަހަލަ ރަނގަޅު މީހަކަށް ވުމަށެވެ. އަދި އެކަމަށް އެދި އަބަދުވެސް ދުޢާ ކުރަމުން ދިޔައެވެ. މިހާރު ޝަރުވާނަކީ ބޮޑުވެ އަމިއްލައަށް މަސައްކަތް ކޮއްލައިގެން އުޅެވޭ ވަރުގެ ޒުވާނެކެވެ. ކިޔެވުމުގެ އިތުރަށް ސްކޫލް ދައުރުގައިވެސް އިތުރު ހަރަކާތުގައިވެސް ވަރަށް އިސްކޮށް އުޅެއެވެ. އަދި ރަށުގައި ބާއްވާ އެކި […]