ފަލަސްޠީނުގެ ބިމަކީ މާތް، ބަރަކާތް ލެއްވިގެންވާ ބިމެއްކަމުގައި މުސްލިމުންގެ ހިތްތަކުގައި ވަނީ ބިންވަޅުނެގިފައި!

ޢަރަބި ދުނިޔެއާއި އިސްލާމީ ދުނިޔޭގައި ފަލަސްޠީނު މައްސަލައަކީ އެންމެ ފާޅުކަން ބޮޑު އެންމެ މުހިންމު ޤަޟިއްޔާއޭ ބުނުމާމެދު ދެބަސްވާ މީހަކު ވަރަށް މަދުވާނެއެވެ. އެހެން އެކަން ދިމާވާ މައިގަނޑު ތިން ސަބަބެއް ވެއެވެ. ފުރަތަމަ ކަމަކީ: ފަލަސްޠީނު ބިމަކީ މާތް، ބަރަކާތް ލެއްވިގެންވާ ބިމެއްކަމުގައި ޢަރަބިންގެ ހިތްތަކުގަޔާއި މުސްލިމުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވުމެވެ. އަދި ހަމައެއާއެކު ބާވައިލެއްވި ދީންތަކުގެ ހުރިހާ މީހުންގެ މެދުގައިވެސް މަތިވެރި ޤަދަރެއް ދެވިފައިވާ ބިމަކަށް ވުމެވެ. ޢަރަބިންނާއި މުސްލިމުންގެ ހިތްތަކުގައި އެ ބިން […]