ވާހަކަ: ލޭތިކި (ތިންވަނަބައި)

"ދެން ކޮން ވާހަކައެއްތަ މަންމަ ދައްކާނީ" ޝަރުވާން އެހިއެވެ. "ނޭނގެ. ހަމަ އަހައިލީ" އައިޝާ ބުނެލިއެވެ. މަންމަ އެކަނި ގޭގައި އިންނާނެތީ ޝަރުވާން ބޭނުންވީ ވީހާވެސް އަވަހަކަށް ގެއަށްދާށެވެ. މަންމަ އެކަނި ކޮއްފައި ބޭރުގައި އުޅޭކަށް ބޭނުންނުވާތީއެވެ. ނަމަވެސް އައިޝާގެ ކިބައިން ސަލާމަތެއް ނުވިއެވެ. އައިޝާގެ މަގުސަދަކީ ކޮބައިބާއެވެ. އަބަދު އެއުޅެނީ މަންމަ ބުނި ވާހަކައެއް ނޭނގިގެންނެވެ. އައިޝާ ބޭނުންވަނީ ކޮންވާހަކައެއް މަންމަ އަނގައިން ބުނުވަންހެއްޔެވެ. އައިޝާ އަކީ މީހެއްގެ އަންބެކެވެ. ދަރިއެއް ނެތް ނަމަވެސް ދިރިއުޅެނީ […]