ތިބާގެ ގައިގައި ކުރިން އަށަގަނެފައި ނެތް އާދައެއް ހަރުލައިފިނަމަ ބަދަލުކުރާނަންތަ؟

ދިރިއުޅުމުގައި މީހާގެ އުމުރުން ދުވަސްވާ ވަރަކަށް ވަރަށް ގިނަ ކަންކަން ބަދަލުވެއެވެ. ކުޑައިރު މައިންބަފައިން ތަރުބިއްޔަތު ކުރިގޮތަކަށް ހޭނޭ މީހުންވެސް އުޅެއެވެ. ބައެއް މީހުންނަށް ކަންކަން ދަސްވަނީ މީހުންގެ ތެރޭގައި އުޅެންފެށުމުންނެވެ. އަދި އެކީގައި އުޅޭ ބައެއްގެ އާދަތަކާއި އެއްގޮތަށް ބަދަލުވާ މީހުންވެސް އުޅެއެވެ. އެއީ ބައެއްފަހަރަށް ރަނގަޅު އަދި ގޯސް އާދައަކަށްވެސް ވެދާނެއެވެ. މީހުންގެ ތެރޭގައި އުޅޭއިރު އެނގެންޖެހޭ ރަނގަޅު އާދަތައް ދަރިންނަށް ދަސްކޮށްދޭން މަސައްކަތްކުރަން އެބަޖެހެއެވެ. ބައެއް މައިންބަފައިންނަކީ 'މާބޮޑަށް ލޯބިންގޮސް' ކުދިންކުރާ އެއްވެސް […]