ކަސްޓަމަރުން ބޭނުންވާ ފެންވަރަށް ފަރުނީޗަރު ތައްޔާރުކުރުމަށް ހަރިކަން އިންވެސްޓްމަންޓް!

ޒަމާނަށް އަންނަ ބަދަލާއެކު ގޭގައި ބޭނުންކުރާ ފަރުނީޗަރަށްވެސް އެބަދަލުތައް އާދެއެވެ. ގިނަ މީހުން ބޭނުންވަނީ ފިހާރަތަކުގައި ވިއްކަން ހުންނަ ފަރުނީޗަރުގެ ބަދަލުގައި އަމިއްލަ އެޕާޓްމަންޓުގެ ސައިޒަށް ބެލުމަށްފަހު ބޭނުންވާ ޑިޒައިނަކަށް ފަރުނީޗަރު ހެއްދުމަށެވެ. އެއިރުން ކުޑަޖާގައަށް ރީތި، ގިނަ ބޭނުންތައް ފުދޭނެގޮތަށް ދިގުމުއްދަތަކަށް ބޭނުންކުރެވޭނޭ ފަރުނީޗަރު ތައްޔާރުކުރެވޭތީއެވެ. 'ހަރިކަން އިންވެސްޓްމަންޓް' އަކީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ވަޑާމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. މިކުންފުނިން ވަނީ މަސައްކަތްތަކުގެ ތަފްސީލް 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ. 2022 ވަނަ އަހަރު […]