އިސްލާމީ މަތިވެރި އަޚްލާޤާއި އީމާންކަމުން ބަބުޅާ ހިތްތަކަކީ ނަސީބުވެރީން، އާޚިރަތުގެ ބާއްޖަވެރީން- ހުކުރު ޚުތުބާ

ޤިޔާމަތް ދުވަހުން ސަލާމަތްކަމާއި އަމާންކަން ލިބޭނީ ހިތް ރަނގަޅު ކުރެވުނު މިންވަރަކުންނެވެ. ﷲ ގެ ފޮތަށް ބަލާއިރު ހިތްތަކުގެ ހާލަތްތަކެއް ބަޔާންކުރައްވާފައި ވެއެވެ. އެއް ހާލަތަކީ ސަލާމަތުންވާ ހިތެވެ. އޭގެ މާނައަކީ އެ ހިތުގައި ކުފުރުގެ އެއްވެސް ކިލަނބުކަމެއް ނެތް، ނިފާޤުގެ އެއްވެސް އަސަރެއް ނެތް، ޝަހުވަތްތަކާއި، ފުރެދުންތަކުން އެއްކިބާވެފައިވާ ހިތެވެ. ހިތްތަކުގެ އަނެއް ހާލަތަކީ، ﷲ އަށް ކާފިރުވެ ﷲ ގެ ބަސްފުޅުތަކަށް އުރެދުމުގެ މަތީގައި މަރުވި ހިތެވެ. ހިތްތަކުގެ ދެން އޮތް ހާލަތަކީ ބަލިމަޑުކަމުގެ […]