11000 މީހުން ޝަހީދުވެ 3000 މީހުން ގެއްލި 27000 މީހުން ޒަޚަމްވިއިރު ފަރުވާ ހުއްޓިދާނެކަމުގެ ބިރު!

އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި 11000 އަށް ވުރެ ގިނަ މީހުން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުވެފައެވެ. މީގެތެރޭގައި 4000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި 3000 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު 27000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ބޮމުގެ ހަމަލާތަކުގައި އިމާރާތްތައް ވެއްޓި އެތަންތަނުގެ ދަށުގައިވާ މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބޮމުގެ […]