ހިރުގަނޑަށް ދިމާވާ ސިއްހީ މައްސަލަތަކުން ރައްކާތެރިވާނީ ކިހިނެއް؟

ދަތްތަކުގެ ސާފުތާހިރުކަމާއި ރީތިކަމާއި ހުދުކަމުގެ ވާހަކަދައްކާ އެކަންކަމަށް ސަމާލުކަންދޭއިރު ހިރުގަނޑުގެ މުހިންމުކަންވެސް ވިސްނާ އެކަމަށްވެސް ފަރުވާތެރިވުން ވަރަށް މުހިންމެވެ. ދަތް ސާފުކޮށް ދަތްތައް އެއްވަރުކޮށް ދަތުގައި ނަރުގަނޑު އަޅުވައި ރީތިކުރަން މަސައްކަތްކުރާ މީހުން ވަކި މަދެއްނޫނެވެ. އާއްމުގޮތެއްގައި ހިރުގަނޑުގެ ބާރުދެރަވުމާއި ހިރުގަނޑަށް ދިމާވާ ސިއްހީ ކަންކަން ނުބަލާނަމަ ގިނަދުވަސްވެ އެކަންކަމަށް ހައްލު ހޯދުމަށް އުދަގޫވެދާނެއެވެ. ނޭނގިހުއްޓާ ހިރުގަނޑުން ލޭއައުން ކަހަލަ ކަމެއް ދިމާވެއްޖެނަމަ އެކަމަށް ފަރުވާ ކުޑަނުކޮށް ވީއެންމެ އަވަހަކަށް ހިރުގަނޑަށް ދިމާވެފައިވާ މައްސަލައަކީ ކޮބައިތޯ ބެލުމަށް […]