އައިވީއެފް ފަރުވާ ހޯދުމަށް އާސަންދަ ހަމަޖައްސަން ޑރ. މުޢިއްޒު ނިންމެވުން: ހިތާމައަށް ލިބޭނެ ލުޔެއް!

ކައިވެނި ކުރުމަށްފަހު ލޯބިލޯބި ކުދިންކޮޅަކާއެކު އުފަލުގައި ދިރިއުޅެން ބޭނުންވާނެއެވެ. އެކަމަކު އެއުފަލުން މަހްރޫމްވެފައިވާ ގިނަ އަދަދެއްގެ މީހުން ރާއްޖޭގައި އެބައުޅެއެވެ. 'ޕީސީއޯއެސް' އަދި 'އެންޑޮމެޓްރިއޯސިސް' ހުރުމުގެ ސަބަބުން ދަރިން ހޯދުމަށް އުދަގޫވެ އެކަމުގެ ވޭން އުފުލާ މީހުން ތިބިއިރު މިފަދަ އާއިލާތަކަށް ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ފައިސާ އެވަރަށް ނެތުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި ސިސްޓް މައްސަލައަކީ އެއްފަހަރު އޮޕަރޭޝަން ކޮށްގެން ރަނގަޅުނުވެ ތިން ހަތަރު ފަހަރުވެސް އޮޕަރޭޝަންކޮށް ދިގުމުއްދަތަކަށް ބޭސްކުރަން ޖެހޭފަދަ ކަމެކެވެ. […]