ފޮޓޯ: ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޤާނޫނީ ހުވައި ވަނީ ކުރައްވާފައެވެ. އަދި ޙުސައިން މުޙައްމަދު ލަޠީފް ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމުގެ ޤާނޫނީ ހުވައި މިއަދު ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ. މި ދެބޭފުޅުން މަގާމުގެ ހުވައި ކުރައްވާފައި ވަނީ މިކަމަށްޓަކައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. […]
އަލް އަޤްސާއަކީ އަމާނާތެއް، މި މިސްކިތް ރައްކައުތެރިކުރުން މުހިންމު- ހުކުރު ޚުޠުބާ

ފަލަސްޠީނަކީ އެތައް ނަބީ ބޭކަލުންނާއި، ރަސޫލު ބޭކަލުންނެއް ދިރިއުޅުއްވި ބިމެވެ. ސަލާމްލެއްވި އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނާއި، ޔޫސުފުގެފާނާއި، ލޫޠުގެފާނާއި، ދާވޫދުގެފާނާއި ސުލައިމާނުގެފާނާއި، ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި ޢީސާގެފާނު އުޅުއްވީ މިބިމުގައެވެ. ކީރިތި ޤުރްއާނުގައި ނަންގަނެވިގެން ނުވާ އެތައް ނަބީންނަކާއި، ރަސޫލުންނެއްވެސް މިބިމުގައި އުޅުއްވިއެވެ. އެއީ މާތް ﷲ ރުއްސުންލެއްވި ޢުބާދަތު ބުނުއް ޞާމިތާއި، އުސާމަތު ބިން ޒައިދު ބިން ޙާރިޘާ ފަދަ ކީރިތި ރަސޫލާ ﷺ އެތަކެއް ޞަޙާބީންނެއް ދިރިއުޅުއްވި ބިމެވެ. އިޒްރޭލުގެ ޔަހޫދީ ޒަޔަނިސްޓުން ޣައްޒާއަށް އަޅަމުންދާ […]