ވާހަކަ: ލޭތިކި (ފަސްވަނަބައި)

ފަހަތުން ކަރުކެހިލި އަޑަށް ދެމީހުން ދިޔައީ ސިއްސައިގެންނެވެ. ދެމީހުންނަށް ދުރަށް ޖެހިލެވުނެވެ. ފަހަތުހައި ހަމީދާ ހުއްޓެވެ. ހަމީދާ އަކީ ކާކުކަން ވަރަށް ރަނގަޅަށް އައިޝާ އަށް އެނގެއެވެ. ވާހަކަ ދައްކާއިރު އެދެއްކެނީ ތެދު ވާހަކައެއްތޯވެސް ނުބަލާނެއެވެ. ހަމީދާގެ ކަމަކީ ރަށުތެރޭގައި ވާހަކަ ހިފައިގެން ހިނގުމެވެ. އޭނާ ނުރުހޭ މީހެއް ވިއްޔާ އެވާހަކައެއް ހުއްޓައެއް ނުލާނެއެވެ. "އަޅެ ކަލޭމެން ޝޯ ކުޅެނީތަ. އެންމެން އެތިބީ ސްޓޭޖް ކައިރީގައި. ކަލޭމެން ދެމީހުން މިތާ މާ ފޮޅުވަން" ހަމީދާ ވާހަކަފެށިއެވެ. "ހަމީދާއްތަ […]