ޒާތީ މަސްލަހަތު އިސްކޮށް ނަހަމަގޮތުގައި މަޤާމުގެ ބޭނުންކޮށްފިނަމަ އެއީ އަމާނާތަށް ޚިޔާނާތްތެރިވުން- ހުކުރު ޚުތުބާ

މީސްތަކުންގެ ކަންތައްތައް އިސްލާހުކޮށް ބެލެހެއްޓުމަށްޓަކައި މަސްއޫލުވެރިއަކު ހުންނަން ޖެހޭނެއެވެ. އެމީހުންގެ ކަންތައްތައް އޮޅުންބޮޅުންވެ ފާލުން ނެއްޓިގެން ދިޔަ ނުދިނުމަށްޓަކައެވެ. ކޮންމެ މީހަކު އެމީހެއްގެ ހަވާނަފްސާ އެއްގޮތަށް ކަންތައް ކުރަން ފަށައިފިނަމަ ކަންތައްތައް ބޮއްސުންލައިފާނެއެވެ. އެހެންކަމުން މަސްއޫލުވެރިއަކަށް ބޭނުންވާނެއެވެ. އެހެނަސް މިމަސްއޫލުވެރިޔާ އޭނާގެ މަސްއޫލިއްޔަތު އަދާނުކޮށް، ޒާތީ މަސްލަހަތު އިސްކޮށް ނަހަމަގޮތުގައި އޭނާގެ މަޤާމުގެ ބޭނުން ކޮށްފިނަމަ އަމާނާތަށް ޚިޔާނާތްތެރި ވެއްޖެއެވެ. ކޮންމެ އިންސާނަކުވެސް ބުއްދި ފުރިހަމަވެ، ވަކި އުމުރަކަށް ދިޔުމުން އޭނާއަކީ މުކައްލަފެކެވެ. އެ ހިސާބުން އޭނާގެ […]