ވާހަކަ: ލޭތިކި (ހަވަނަބައި)

ކޮންމެ ދުވަހެއްގެވެސް ހެނދުނު ޝަރުވާންގެ ފުރަތަމަ ކަމަކީ ގަސްތަކަށް ފެންދިނުމެވެ. އެގަސްތަކަށް ވާނުވާ ބެލުމަށްފަހު ނޫނިއްޔާ އެހެންކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. ހެނދުނު ހޭލައިގެން ފުރަތަމަވެސް ނިކުންނަނީ ގޯތިތެރެއަށެވެ. އަދި ގިފިލީގައިވެސް ވަރަށް ގިނަ ގަސްތައް ހައްދާފައި ހުރެއެވެ. އެހުރިހާ ގަސްތަކެއްވެސް ބަލަހައްޓަނީ ޝަރުވާންގެ އަމިއްލައަށެވެ. އެހެން މީހަކު އެކަމުގައި ބައިވެރިވާކަށް އޭނާ ބޭނުން ނުވެއެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދު ހެނދުނުވެސް ޝަރުވާންގެ ފުރަތަމަ މަސައްކަތަކީ ގަސްތަކުގެ ހާލުބެލުމެވެ. ގަސްތަކަށް ފެންދޭން ގޮސް ފެންހޮޅި ނަގަން […]